logoEN
ޕީއެންސީ 2
ތިނަދޫ ކޭސް 06: މާފުށީ 13 ނަންބަރު ސައިޓަށް ޒިޔާރަތްކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަނީ

ތިނަދޫ ކޭސް 06: މާފުށީ 13 ނަންބަރު ސައިޓަށް ޒިޔާރަތްކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަނީ

ހުސެއިން

logo

4/29/2021, 2:19:02 PM

IMG_0797-1536x864

ގދ. ތިނަދޫ 06 ވަނަ ކޭސް އާ ގުޅިގެން، ތިނަދޫ މާފުށީ ސަރަހައްދުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގެ ތެރެއިން 13 ނަންބަރު ސައިޓަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދެވުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިލައްވައިފިއެވެ.

ޝަރީ 2024

އެކޭސްގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން ދާއިރު، 16 އެޕްރިލް 2021 އިން ފެށިގެން، ތިނަދޫ މާފުށީ ސަރަހައްދުން ދޫކުރެވިފައިވާ ސިނާއީ ބިންތަކުގެ ތެރެއިން " 13 ނަންބަރު ސައިޓް "އަށް ޒިޔާރާތް ކޮށްފައިވާ ފަރާތެއް ވާނަމަ ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ ކޮވިޑް ހޮޓްލައިން 7934641 ނަންބަރަށް ގުޅުއްވާ މައުލޫމާތު ޙިއްސާ ކުރެއްވުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

undefined

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫގެ 6ވަނަ ކޭސްއަކީ ދިހަ ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވެ މި މަހުގެ 26 ވަނަ ދުވަހު ނެގުނު ރިލީޒިންގ ސާމްޕަލްތަކުގެ ތެރެއިން ކޮވިޑް-19އަށް ފައްސިވި ފަރާތެކެވެ. އަދި މިފަރާތަކީ އިންޑިއާގެ ރައްޔިތެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިމަހު 24ވަނަ ދުވަހު ތިނަދޫއިން ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައި އެވެ.

މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތާއެކު، ޖުމްލަ 10 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ