logoEN
Sto top
ތިނަދޫއިން ކަރަންޓީންގައި ނެތް އިތުރު 4 މީހަކު ފައްސިވެއްޖެ

ތިނަދޫއިން ކަރަންޓީންގައި ނެތް އިތުރު 4 މީހަކު ފައްސިވެއްޖެ

Admin

logo

4/29/2021, 1:43:10 PM

thinadhoo (1)

ގދ. ތިނަދޫއިން ކަރަންޓީންގައި ނެތް އިތުރު 4 މީހަކު ފައްސިވެއްޖެއެވެ.

Wamco

މިއަދު ފައްސިވެފައިވަނީ، ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު މިމަހު 26 ވަނަ ދުވަހުނެގި ސާމްޕަލެއް ( ކޭސް 06 ) ކޮވިޑް-19އަށް ފައްސިވެފައި ވުމާއިގުޅިގެން، އެކޭސްގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރުމުގެ ތެރެއިން ކަރަންޓީންގައި ނެތް އިތުރު 4 މީހަކު ކަމަށް ޑރ. އަބދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މި ކޭސްތަކާއެކު ގދ ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މި ވަނީ 10 އަށް އަރާފައެވެ.

މީގެ ކުރިންވެސް މިމަހު 24ވަނަ ދުވަހު ތިނަދޫއިން ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް 2 ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައި އެވެ.

މި ކޭސްތަކާއެކު މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 06 ފަރާތާއެކު، ޖުމްލަ 10 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside