logoEN
ޕީއެންސީ 2
މުޣުނީ ބޮންޑާއަށް: މާފަންނު މެދު ދާއިރާއަށް ދެން ބަސް ކިޔާނީ ހުވަދު އަތޮޅު މީހުން

މުޣުނީ ބޮންޑާއަށް: މާފަންނު މެދު ދާއިރާއަށް ދެން ބަސް ކިޔާނީ ހުވަދު އަތޮޅު މީހުން

އަހުމަދު ޝުރާއު

logo

4/29/2021, 8:50:23 AM

majilis

މާލޭގެ މާފަންނު މެދު ދާއިރާއަށް ދެން ބަސް ކިޔާނީ އެދާއިރާގެ ގޮނޑިއަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ހޮވިވަޑައިގެންނެވި އަޙްމަދު ނަރީޝް ކަމަށް، މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި މުޤުނީ މިމޭރުމުން ބަހުގެ ހަމަލާތަކެއް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު(ބޮންޑާ) އަށް އަމާޒުކުރެއްވީ ކީތްވެގެން ކަމެއް ސާފެއް ނުވެއެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ހިނގައިދިޔަ ބަހުގެ ހަމަލާތަކެކެވެ.

މުޤުނީ ވިދާޅުވިގޮތުގައި ކައުންސިލް އިންތިޚާބުގައި މާފަންނު މެދަށް މާލެއަށް ނިސްބަތްވާ މީހަކު ވާދަކުރެއްވުމުންވެސް، މާލޭގެ ރައްޔިތުން ނިންމީ ނަރީޝް ހޮވުމަށް ކަމަށެވެ. އެހެންކަމުން މާފަންނު މެދަށް ދެން ބަސްކިޔާނީ ހުވަދު އަތޮޅު މީހުން ކަމަށްވެސް މުޤުނީ ވިދާޅުވިއެވެ.

"މާލޭ މީހާ ކުރިމަތިލިޔޭ އެތަނަށް. މާލޭ މީހާ ކުރިމަތިލާފައި ހުއްޓާ މާލޭ މީހާއަށް ނުދިން. މާލޭ މީހުން ބުނީ ދެން ނަރީޝްއޭ އެތަނަށް ބަސް ކިޔާނީ. ހުވަދު އަތޮޅު މީހުން ދެން އެތަނަށް ބަސް ކިޔާނީ" މުޣުނީ ވިދާޅުވިއެވެ.

ނަރީޝްއަކީ ގއ އަތޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު ނަރީޝް ވަނީ މާލެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ