logoEN
ކޮކާކޯލާ
ވެންޓިލޭޓަރު ޚިޔާނާތް: ފިނޭންސްއިންވެސް އިންޓާނެލް އޮޑިޓެއް!

ވެންޓިލޭޓަރު ޚިޔާނާތް: ފިނޭންސްއިންވެސް އިންޓާނެލް އޮޑިޓެއް!

އަހުމަދު ޝުރާއު

logo

4/29/2021, 11:00:22 AM

240191_3_a1d754fc37cbc4437650ea7c495ad0f715173e5e_medium

ވެންޓިލޭޓަރުގެ ޚިޔާނާތު މައްސައާ ގުޅިގެން ފިނޭންސް މިނިސްޓްރީން އިންޓާނަލް އޯޑިޓެއް ހަދައިފިއެވެ.

އަބުޅޯ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރު މައްސަލައިގައި ހާއްސަ އޮޑިޓެއް ފިނޭންސް މިނިސްޓްރީން ހަދައިފައިވާ ކަމަށާއި އޮޑިޓުން ފާހަގަވި ކަންކަމާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ދުބާއީގެ ކުންފުންޏަކާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކޮށް، އެ ތަކެތި ރާއްޖެއަށް ނުލިބުނު މައްސަލައިގައި ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 73 ވެންޓިލޭޓަރު ގެނައުމަށެވެ. ނަމަވެސް އެ ތަކެތި ނުލިބިގެން މި މައްސަލައިގައި އޮޑިޓަރ ޖެނެރަލް ވެސް ހާއްސަ އޮޑިޓެއް ހަދާފައިވެއެވެ.

ވެންޓިލޭޓަރު ތަކުގެ ޚިޔާނާތާ ގުޅިގެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދެ ފަހަރު ފޮނުވިއެވެ. ނަމަވެސް އެ މައްސަލައައިގައި ދައުވާ ކުރެވޭނެ ވަރަށް ހެކި ނެތްކަމަށް ބުނެ ޕީޖީއިން ވަނީ އެ ދެ ފަހަރު ވެސް އެ މައްސަލަ އަނބުރާ ފޮނުވައިލައިފައެވެ.

މިކަމާ ގުޅިގެން އާންމު ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން މިހާރު ވަނީ ފަށައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ