ރިސޯޓު ވުވައްޒިފުންގެ 99 ޕަސެންޓް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފި

ރާއްޖޭގެ ރިސޯޓުތަކުގެ 99 އިންސައްތަ މުއައްޒަފުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި "އައިއޭމް ވެކްސިނޭޓެޑް" ކެމްޕެއިން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ 99 އިންސައްތަ މުއައްޒަފުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 8،000 މުއައްޒަފުން ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ރިސޯޓް މުއައްޒަފުންނަށް ވެސް ރާއްޖޭގެ ރަށްރަށަަށް ދަތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގެ ރަށްރަށަަށް ދަތުރުކުރެވޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިވާއިރު ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އުސޫލު އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. މި އުސޫލު ބުނާ ގޮތުން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަރަންޓީނުވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް