logoEN
ޕީއެންސީ 2
ރާއްޖެ އޮތީ އިންޑިއާއާއި އެކު - ރައީސް

ރާއްޖެ އޮތީ އިންޑިއާއާއި އެކު - ރައީސް

އަހުމަދު ޝުރާއު

logo

4/29/2021, 10:11:44 AM

CD9TOTCZ7NMAOihvkoAF

އިންޑިއާއަށް ކޮވިޑްގެ އައު ރާޅާއެކު ކުރިމަތިވެފައިވާ ހާލަތާމެދު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަރީ 2024

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ކޮވިޑުގެ އާ ރާޅާއެކު އިންޑިއާއަށް ދިމާވެފައިވާ ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށާއި މި ނާޒުކު ހާލަތުގައިވެސް ދިވެހި ރާއްޖެ އޮތީ އިންޑިއާއާއެކުގައިކަމަށެވެ.

ރައީސް ސޯލިހް ވަނީ އިންޑިއާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އަންނަ މިންނެތް މަސައްކަތަށް ފާހަގަކުރައްވާ އެ މަސައްކަތަށް ހިތްވަރުދެއްވާފަ އެވެ.

ކޮވިޑަށް މިހާތަނަށް އިންޑިއާއިން 17،997,267 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު، މި ބަލީގައި މިހާތަނަށް އެ ގައުމުން 201,187 މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑުގައި އިންޑިއާއިން 14،817,371 މީހުން ވަނީ ފަސޭހަވެފައިވާއިރު، އެކްޓިވްކޮށް 29,78,709 ކޭސް އެބައޮތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ