logoEN
ޕީއެންސީ 2
ޓްރާންސްޕޯޓުން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާދީ ގެއްލުމުގެ ބަދަލުދޭން އަމުރުކޮށްފި

ޓްރާންސްޕޯޓުން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާދީ ގެއްލުމުގެ ބަދަލުދޭން އަމުރުކޮށްފި

އަހުމަދު ޝުރާއު

logo

4/29/2021, 9:48:07 AM

large_145231984346j5W9

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިކުރި ނުވަ މީހަކަށް އަލުން އަނބުރާ ވަޒީފާ އިޔާދަކޮށްދިނުމަށާއި ވަޒީފާ އިޔާދަކޮށްދޭ ދުވަހާ ހަމައަށް މުސާރައާ އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޝަރީ 2024

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭރު އެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ހާޒިރު ކުރި އެވެ. ޓްރާންްސްޕޯޓުން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ..

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމާފައި ވަނީ އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމުން، އެމީހުން ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކޮށްދިނުމާއެކު، ވަޒީފާ އިޔާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ވެސް ދޭން ޖެހޭ ގޮތަށެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެން އަދި ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން އޮންނަން ޖެހޭ ކަމަށެވެ. އެކަންކަން ގާއިމުނުކޮށް ވަޒީފާއިން ވަކިކުރުމަކީ ވެވޭ ބޭއިންސާފެއް ކަމަށް މިމައްސަލައިގައި ވަކާލާތުކުރި ލޯފާރމް ކަމުގައި ޕީއައިއެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"މި ނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާ އަދާކުރުމުގެ ހައްގުން މަހްރޫމްވެފައިވާ ފަރާތްތަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އުފަލާއެކު ފާހަގަކުރަމެވެ،" ޕީއެލްއައިސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 11 މީހަކު ވަޒީފާއިން ވަކިކުރި އެވެ. އެކަމަކު ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ތަމްސީލުކުރީ އޭގެ ތެރެއިން ނުވަ މީހެކެވެ. އަނެއް ދެ މީހުން، މައްސަލަ ވެއްދީ އަމިއްލަ ގޮތުން ލޯޔަރުން ތަމްސީލުކޮށްގެނެވެ. އެކަމަކު އެމީހުންނާ އެއްކޮށް މައްސަލަ ނިމިފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ އޭރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސްް މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ