
symbolic records
ބަޔަކު ޒާތީ ވެގެން ހެޑްލައިން ހެއްދުވިޔަސް ސިމްބޮލިކްސް ރިކޯޑްސްގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ, އަޙުމަދު މުޙައްމަދު (އޭޑީ) ބުނެފިއެވެ.

އޭނާ މިހެން ބުނެފައިމިވަނީ ސިމްބޮލިކް ރިކޯޑްސްގެ ފަންނާނުން ކުށްތަކަށް އަރައިގެން އުޅޭ ކަމުގެ ޚަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ރެޕް ލަވަ ކިއުންތެރިޔާ, ރެޕްކިންގް, އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު) ޑްރަގް މައްސަލައެއްގައި ހައްޔަރުގައި ހުރި އިރު, ވައްކަމުގެ މައްސަލައެއްގައި މިއަދު އަޙްމަދު އާދިލް (އެޑިލް) ހޯދަން ފުލުހުން އިއުލާން ކުރި މައްސަލަ ފާހަގަކޮށްލެވެއެވެ.
ޕެސްޓު ހައްޔަރު ކުރީ ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގާއެކު އެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާ ގުޅޭ ބޮޑެތި ދައުވާތަކެއްވެސް ކޮށްފައެވެ.
އޭޑީގެ ޕޯސްޓުގައި ބުނެފައިވަނީ, ހެޑްލައިން ހެއްދުވިޔަސް, އަނިޔާ ކުރަންޏާ އެވާހަކަވެސް, އަދި އިންސާފު ނުލިބެންޏާ އެވާހަކަވެސް ދައްކާނެ ކަމަށެވެ. އަދި ސިމްބޮލިކްގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބަޔަކު ހިތުހުރިގޮތަކަށް ކުޅެމުންދާއިރު، އަހަރުމެން ދަނޑުގެ އަރިމަތީގައި ހަމަޖެހިލައިގެން މަޑުން ތިބުމުގެ މާނައެއްނޫން...
Posted by Eydee D. Mohamed on Wednesday, 28 April 2021
މީގެ ކުރިންވެސް އޭޑީ ވަނީ ސިމްބޮލިކް ރިކޯޑްސްއަށް ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.