
ހުވަދު އަތޮޅާއި އައްޑޫއަށް އިންޑިއާގެ ކާގޯ ފެރީގެ ދަތުރު ފަށަނީ
EnL_Jy_VcAEP8jE
ހުވަދު އަތޮޅާއި އައްޑު އަތޮޅަށް އިންޑިއާގެ ކާގޯ ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮޗިން ފެރީ މެދުވެރިކޮށް ކާގޯ ގެނައުމަށް ސީދާ ދަތުރުތައް ކުޅުދުއްފުށްޓަށް ފެށިފައިވާ ކަމަށާއި އެ ދަތުރުތައް ހުވަދު އަތޮޅާއި އައްޑު އަތޮޅަށް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑުއަށާއި ހުވަދު އަތޮޅަށް ޓުޓިކޮރުނިން ބޯޓު ފަހަރުތައް އާދެވޭ ގޮތް ހެދުމަށް ތައްޔާރު ވަމުންދާ ކަމަށް ވިދާޅުވިއެވެ.
"ހުވަދު އަތޮޅާއި، އައްޑު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތަށް، އެސްޓީއޯގެ ޝިޕިންގ ކުންފުނިން އެ މަސައްކަތް ފަށައިގަންނާނެ". ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވި ގޮތުގައި ކާގޯގެ ހިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.