ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ދައުލަތަށް އިތުރު 1.5 ބިލިއަން ރުފިޔާ

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި ސުކޫކުން އިތުރު 4.5 ބިލިއަން ރުފިޔާ (100 މިލިއަން ޑޮލަރު) ސަރުކާރުން ހޯދައިފިއެވެ.

ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުން މީގެ ކުރިން ދައުލަތައް ވަނީ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ލިބިފައެވެ.

ރޮއިޓާޒް ނިއުސް އެޖެންސީއިން ހާމަކުރި ގޮތުގައި ދިވެހި ސަރުކާރުން މިފަހަރު ވިއްކި 100 މިލިއަން ޑޮލަރުގެ ސުކޫކުވެސް ވިއްކާފައި ވަނީ ފަސް އަހަރު ދުވަހުން އަނބުރާ ފައިސާ ދައްކަން ގޮތަށް 10.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

އެމިރޭޓްސްގެ އެންބީޑީ ކެޕިޓަލް އާއި އެޗްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން ސުކޫކް ވިއްކަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ކަމަށް ފިނޭންސް މިނިސްޓްރީއިންވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ސުކޫކު ވިއްކައިގެން ހޯދި 200 މިލިއަން ޑޮލަރު ބޭނުންކޮށްފައި ވަނީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުގެ ޖުމްލަ އަގު 300 މިލިއަން ޑޮލަރަށް އަރާއިރު އެ ފައިސާ ފަސް އަހަރު ފަހުން ދައްކަން ޖެހޭނެއެވެ. އެގޮތުން 10.5 ޕަސެންޓުގެ ބޮޑު އިންޓަރެސްޓާ އެކު 2026 ވަނަ އަހަރު 387 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް