logoEN
cocacola
ތިނަދޫ އިން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެ، އަދަދު 6 އަށް

ތިނަދޫ އިން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެ، އަދަދު 6 އަށް

Gdh.thinadhoo

ގދ. ތިނަދޫއިން އިތުރު ދެ މީހަކު ކޮވިޑް-19އަށް ފައްސިވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 06 އަށް އަރައިފިއެވެ.

ގޮސިޔާ

ޑރ. އަބަދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން އޮފިސަރ ސާލިމް އަލީ ވިދާޅުވި ގޮތުގައި ފައްސިވެފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު މިމަހުގެ 24 އަދި 26 ވަނަ ދުވަހު ނެގުނު ޖުމްލަ 2 ސާމްޕަލެއްގެ ނަތީޖާ ކަމަށެވެ.

މިމަހު 24ވަނަ ދުވަހު ތިނަދޫއިން ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައި އެވެ.

މި ކޭސްތަކާއެކު މިވަގުތު ގދ. ތިނަދޫގައި ކަރަންޓިނުގެ މުއްދަތު ފުރިހަމަކުރި 04 ފަރާތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި 02 ފަރާތާއެކު، ޖުމްލަ 06 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ