logoEN
ކޮކާކޯލާ
ފައިސާތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ސިމްބޮލިކް ރެކޯޑްސްގެ ލަވަކިޔުންތެރިއެއް ހޯދަން އިއުލާންކޮށްފި

ފައިސާތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ސިމްބޮލިކް ރެކޯޑްސްގެ ލަވަކިޔުންތެރިއެއް ހޯދަން އިއުލާންކޮށްފި

Ahmed-Adhil

ފުވައްމުލަކު ގެއަކުން ފައިސާތަކެއް ވަގަށްނެގި މައްސަލައެއްގައި ސިމްބޮލިކް ރެކޯޑްގެ ލަވަކިޔުންތެރިޔެއް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

އަބުޅޯ

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ، 26 އަހަރުގެ، ޏ. ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް އެވެ.

އޭނާ ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އަޙްމަދު އާދިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަހުމަދު އާދިލް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުނުއިރު ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިއްމު އެއްލަވަކިޔުންތެރިޔާ ކަމަށްވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ވެސް ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައެވެ.

ޕެސްޓުގެ މައްޗަށް މިހާރު ދައުލަތުން ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ