logoEN
cocacola
ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަން ފާސްކޮށްފި

ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

4/28/2021, 10:00:00 AM

186924_3_e740199f0d00c3c4c1110a921a186bb170bf7d39_medium

ރާއްޖޭގައި ކުރެވޭ މާލީ އެކިއެކި މުއާމަލާތްތައް ހަރުދަނާކޮށް ޒަމާނީކުރުމުގެ މަގުސަދުގައި ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގޮސިޔާ

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ސަރުކާރުގެ ފަރާތުން މަޖީލަށް ހުށަހެޅުއްވި މި ބިލް މަޖިލިސް ތަޅުމުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުން އިއްތިފާގުންނެވެ.

މި ބިލު މަގުސަދަކީ މާލީ މުއާމަލާތް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމެވެ. އަދި މިފަދަ ނިޒާމަކާއެކު ރާއްޖެއާއި ރާއްޖޭއިން ބޭރަށް ފަސޭހަކަމާއެކު ބޭންކު މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

އެ ސިސްޓަމް އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ގަވަރުނަރު އަލީ ހާޝިމް ކުރިން ވިދާޅުވެފައިވެ އެވެ.

އަދި މި ނިޒާމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދިއުމާއެކު ހަރަދުކުޑަކޮށް މާލީ މުއާމަލާތްތައް ކުރެވޭނެ ޒަމާނީ ވިސްނުންތައް މާކެޓަށް ނެރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން، އެފަދަ މަސައްކަތް ކުރަން ދުނިޔޭގައި މަޝްހޫރު ފިންލޭންޑުގެ ކުންފުންޏަކާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ