އަކްރަމަކީ ޖިންސީ ގޯނާ ކޮށްފާނެ ފަދަ މީހެއް ނޫން: ޝަރީފް

އީސީގެ ރައީސް ޝަރީފް އާއި ނައިބް އަކްރަމް – ފޮޓޯ: އީސީ

އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުުފާ ދެއްވި، އެ ކޮމިޝަނުގެ ނައިބް ރައީސަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް، ގޯނާ ކޮށްފާނެ ފަދަ މީހެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައވެ. އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އަކްރަމަކީ ގެއްލިގެން ދިޔަ ހުނަރުވެރި ގާބިލް ހިންގުންތެރިއެއް ކަމަށެވެ.

""އޭނައަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާކޮށް،ގޯނާ ކޮށްފާނެ މީހެއް ނޫން. ހިތްވަރުގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑިގުޑަން އަންނާނެ". އޭނާގެ ޓްވީޓްގައި ވެއެވެ.

އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ކޮމެޓީން އޭނާ ވަކި ކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުވައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ނުދެކޭތީ ކަަމަށެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވާފައިވާ އިރު އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ. އަދި އަކުރަމް އަކީ އީސީގެ ތަރުޖަމާނުވެސްމެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް