logoEN
Sto top
ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ ؟

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ ؟

cris

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމް 5 ފަހަރަށް ހޯދައިފައިވާ ޕޯޗުގީސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޓީމް ޔުވެންޓަސް ދުކޮށްލާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

Wamco

ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހު ހަމަވާއިރު އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ އުމުރުން 36 އަހަރުގެ ރޮނާލްޑޯ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރު ކެންސަލްކުރަން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މީގެ ތިން އަހަރު ކުރިން ޔުވެންޓަސް އިން 100 މިލިއަން ޔޫރޯ ހަރަދުކޮށް ރޮނާލްޑޯ ގެނައި އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ނަމަވެސް ރޮނާލްޑޯ ގުޅުނު ފަހުން ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައިނުވެ އެވެ.

ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެނީ އިޓަލީގެ ގަދަ ހަތަރު ޓީމަކަށެވެ. ލީގުގެ ފަހު ފަސް މެޗަށް ނުކުންނައިރު ޔުވެންޓަސް މި ވަގުތު އޮތީ ހަތަރު ވަަނައިގަ އެވެ. ގަދަ ހަތަރެއްގެ ފަހު ތިން މަގާމަށް ފަސް ޓީމަކުން ވާދަކުރެ އެވެ. އިޓާލިއަން ލީގުގައި މި ހަފްތާގެ މެޗުތަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށް ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލުމުގެ ޗެލެންޖް ވަނީ ބޮޑުވެފަ އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ހޯދަން އޭނާގެ ކުރީގެ ދެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުުރުން ޕީއެސްޖީން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside