logoEN
ޕީއެންސީ 2
ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށްނެގި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަނީ

ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށްނެގި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަނީ

GID-97

އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ޝަރީ 2024

ފުލުހުން ބުނިގޮތުގައި، އެ ދެ މީހުންނަކީ މިއަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން، އެ ދެމީހުން ބޫޓު ހަރުގަނޑު ކައިރީ ހިނގަމުން ގޮސް، ހަރުގަނޑުގެ އެއް ކޮޅުން ބޫޓެއް ހިފައިގެން ދެ އެވެ.

ސީސީޓީވީ ކެމެރާއިން އެމީހުން ބޫޓު ނަގާތަން ފެނެއެވެ

[embed]https://www.youtube.com/watch?v=35Y0PDwlMkM&t=12s[/embed]

އެ ދެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ