logoEN
PNC TOP 3
އާއްމުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް، މާލޭ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއި ފުލުހުން ބައްދަލުކޮށްފި

އާއްމުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް، މާލޭ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއި ފުލުހުން ބައްދަލުކޮށްފި

Traffic1-e1619514254601

މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

PNC MID 2

ފުލުހުން ވިދާޅުވީ، އިއްޔެ އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން އާއްމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަމަށެވެ.

އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން ފުލުހުން ވަނީ އެދިލައްވާފައެވެ.

އެ ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްޙަތު އަހުމަދުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިން ބައިވެރިވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC