logoEN
Sto top
މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

އަހުމަދު ޝުރާއު

logo

4/27/2021, 11:00:02 AM

XaRfhaaBxllpEYlsdVstCSkyeWTHj6Fpw20bHePZ

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅައިފި އެވެ.

Wamco

އިސްލާމިކު މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 6961.50ރ. ކަމަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔައަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައި ވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ މި އަހަރު ދެއްކިއިރު، 2019 އަހަރުގެ އޯގަސްޓް މަހު ދައްކާފައި ވަނީ 9.5 މިލިއަން ރުފިޔާ އެވެ.

މީރާއިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside