logoEN
ކޮކާކޯލާ
ގއ އަތޮޅު ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ސިޑިއާއި ޕާޓިޝަން ހަދައިދޭނެ ބަޔަކު ހޯދަނީ

ގއ އަތޮޅު ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ސިޑިއާއި ޕާޓިޝަން ހަދައިދޭނެ ބަޔަކު ހޯދަނީ

އަހުމަދު ޝުރާއު

logo

4/27/2021, 11:00:49 AM

VUCSbjCjsiMOYakEX5jf

ގއ އަތޮޅު ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ސިޑިއަކާއި ޕާޓިޝަނެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

އަބުޅޯ

ގއ އަތޮޅު ހޮސްޕިޓަލުން ވަނީ މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ގެޒުޓުގައި އިއުލާންކޮށްފައި އެވެ. އެގޮތުން ހޮސްޕިޓަލުން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 04 މެއި އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ވަނީ އިއުލާނުގައި ބުނެފައި އެވެ.

އަދި މައުލޫމާތު ސެޝަނަނަށްފަހު 13 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އެ މަސައްކަތްތައް ކޮށްދެއްވާނެ އަގުތައް ހުށަހެޅުއްވުމަށްވެސް ވަނީ ބުނެފައި އެވެ.

ނަމަވެސް އަގު ހުށަހެޅުއްވޭނީ މައުލޫމާތު ސާފު ކުރެއްވުމުގައި ބައިވެރިވެ ލެއްވި ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ