logoEN
Sto top
ބޭރުގައި ތިބި ދިވެހިންނަށް ގުރުއާން އުނގަންނައިދޭ ޕްރޮގްރާމް ފަށައިފި

ބޭރުގައި ތިބި ދިވެހިންނަށް ގުރުއާން އުނގަންނައިދޭ ޕްރޮގްރާމް ފަށައިފި

އަހުމަދު ޝުރާއު

logo

4/26/2021, 10:08:09 AM

181513_e0901017-7_

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

Wamco

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

އަލަށް ތައާރަފުކުރި މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެ ގައުމުތަކުގައި ތިބެ ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމަކީ މި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިން ޝާމިލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

undefined

ނައިބު ރައީސް އިތުރަށް ވިދާޅުވިގޮތިގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ގުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް ފަހިވެގެން ދިޔަ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ އަދަދެއްގެ ދިވެހިން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަށަނީ ތިން ލެވެލްއެއްގެ ކްލާސްތަކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކްލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކްލާސްތަކާއި، ކަލިމަތައް އުނގަންނައިދިނުމުގެ ކްލާސްތަކެވެ. މިހާތަނަށް މި ޕްރޮގްރާމުގައި މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިއާއިން އަށް ބައިވެރިން ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside