logoEN
ޕީއެންސީ 2
ގިނަ ޤައުމުތަކެއް އިންޑިއާއަށް އެހީވުމަށް ފޫގަޅާލައިފި

ގިނަ ޤައުމުތަކެއް އިންޑިއާއަށް އެހީވުމަށް ފޫގަޅާލައިފި

އަހުމަދު ޝުރާއު

logo

4/27/2021, 9:59:35 AM

1619206106-3498

އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ އައު ވޭރިއަންޓަކާއެކު އިންޑިއާގައި ކޮވިޑްގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވެ އެބައްޔާ ކުރިމަތިލުމުގައި އިންޑިއާގެ ސިއްހަތާބެހޭ ނިޒާމަށް ނުކަތާ ވަރުވުމާއި އެކު ދުނިޔޭގެ ގައުމުތަކުން އިންޑިއާއަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ

ޝަރީ 2024

މިހާތަނަށް ސައުދީ އަރަބިއާ , ޕާކިސްތާން , ރަޝިޔާ , ފްރާންސް , އިނގިރޭސިވިލާތް , ޖަރުމަނު , ޔޫއޭއީ , ސިންގަޕޫރު , ޗައިނާ އަދި އެމެރިކާއިން ވަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި އެވެ.

ސައޫދީ އަރަބިއާއިން ވަނީ 80 މެޓްރިކް ޓަންގެ ލިކުއިޑް އޮކްސިޖަންވަނީ އިންޑިއާ އަށް ފޮނުވުމުގެ އަމަލީ މަސައްކަތް ފަށާފައި އެވެ.

އިންޑިއާގެ އަވަށްޓެރި ޕާކިސްތާނުންވަނީ ކޮވިޑް ގެ ބަލި މީހުން އުފުލުމަށް ބޭނުންވާ ގިނަ އަދަދެއްގެ އެންބިއުލަންސް އެއްގަމު މަގުން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އަދި ސިއްހަތާބެހޭ ތަކެތީގެ ޝިޕްމަންޓްތައް އިންޑިއާއަށް ފޯރުކޮށްދިނުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ބައެއް މަހުޖަނުންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ގެންދަނީ އިންޑިއާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ ކޮވިޑް ގެ ޝިކާރައަކަށްވެފައިވާ އިންޑިއާގެ ރައްޔިތުންނާއެކުގައި އޭނާ ހުންނެވިކަން ހާމަކުރައްވައި އިންޑިއާގެ ހާލަތާމެދު ހަމްދަރުދީ ފަޅުކުރައްވާފައެވެ.

ފްރާންސާއި އިނގިރޭސިވިލާތާ, ރަޝިޔާ އަދި ޖަރުމަނުންވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ދޭ އާންމުބޭހާ އަދި ވެންޓިލޭޓަރުފަދަ ތަކެތި އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފެށިކަން ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުން ވަނީ ފަސްޓް އެއިޑް ކިޓްގެ ޝިޕްމެންޓެއްވެސް އިންޑިއާއަށް ފޮނުވާފައެވެ.

ސިންގަޕޫރު ބުނާގޮތުން އެގައުމުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށް އިންތިހާއަށް ބޭނުންވެފައިވާ އޮކްސިޖަން ޓޭންކުތަކެއް ފޮނުވާފައެވެ. ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއެއީންވަނީ ގިނަ އަދަދެއްގެ އޮކްސިޖަން ސިލިންޑަރުތައް ވައިގެ މަގުން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފެށިކަން ހާމަކޮށްފައެވެ.

ޗައިނާގެ ފަރާތުން އިންޑިއާއަށް ފޯރުކޮށްދޭން މަސައްކަތްކުރާ ތަކެތީގެ ތެރޭގައި ކޮވިޑްގެ ސާމްޕަލް ނަގާ ކިޓްތަކާއި ޓެސްޓްކިޓްތަކާ ލެބޯޓްރީ ތަކެއްޗާއި ވެންޓިލޭޓަރުގެ އިތުރުން ސިއްހީ ރައްކާތެރިކަމަށް ބޭނުންކުރާ ޕީޕީއީ ގައި ހިމެނޭ ގައުންއާއި އަންގިއާއި ނެސެޓައިޒާފަދަ ސާމާނު ހިމެނެއެވެ.

އެމެރިކާއިން ވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން އުފައްދަން ބޭނުންވާ ތަކެއްޗާއި އޭގެ މެޓީރިއަލް އިންޑިއާއަށް ލިބުމަށް ހުރި ހުރަސްތައް ނައްތާލާފައިވާކަން ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ