logoEN
PNC TOP 3
އެލައިޑުން ތާޑްޕާޓީ އިންޝުއަރެންސް އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އެލައިޑުން ތާޑްޕާޓީ އިންޝުއަރެންސް އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އަހުމަދު ޝުރާއު

logo

4/27/2021, 8:48:45 AM

176734148_10158091513907285_3436747435908651370_n

އެލައިޑުން ރޯދަމަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ " ރޯދަމަހާއި ރޯއްޖާ " ކެމްޕެއިންގެ ތެރެއިން ތާޑްޕާޓީ އިންޝުއަރެންސްގެ އަގު ހެޔޮކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.

PNC MID 2

މިޕްރޮމޯޝަންގައި ތާޑްޕާޓީ އިންޝުއަރެންސް 145ރ. އަށް ލިބޭނެ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގެ އިންޝުއަރެންސް ކުރިން 750ރ. އަށް ލިބުނު ނަމަވެސް މިހާރު 475ރ. އަށް ލިބޭނެ އެވެ. އެލައިޑުން ތާޑް ޕާޓީ އިންޝުއަރެންސް ކުރިން ވިއްކަމުން ގެންދިޔައީ 175ރ. އަށެވެ.

މި އިންޝުއަރެންސަކީ އެކްސިޑެންޓެއް ވުމުން ތިންވަނަ ފަރާތާއި އެ ފަރާތުން އުޅަނދަށް ލިބޭ ގެއްލުމަށް ބަދަލު ލިބިދޭ ޕޮލިސީ އެކެވެ.

އާ އަގުތަކާއި އެކު ތާޑް ޕާޓީ އިންޝުއަރެންސް އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމާއި އޮފީހަށް ގޮސް ވެސް ނެގޭނެ އެވެ. މި އިންޝުއަރެންސް ދައްކަން ޖެހެނީ އަހަރަކު އެއް ފަހަރު އެވެ.

ތާޑްޕާޓީ އިންޝުއަރެންސަކީ ގާނޫނަކުން ލާޒިމް ކުރާ އިންޝުއަރެންސެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC