
foodPoisoning-1057702504-770x553
ހަޖަމު ނުވުމަކީ މި ފަހަކަށް އައިސް ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ޖެހުނު ތަނަކުން ބޭނުން އެއްޗެއް އަވަސް އަރުވާލައިގެން ކަނީ ވަގުތު ނެތުމުންނެވެ. ބޭރު ފުށުން އަގުބޮޑު ހެދުން އަޅައިގެން ރީތިވެލުމުން ހަށިގަނޑުގެ އެތެރޭގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ.

މާ އަވަސް އަރުވާލައިގެން އުޅެންޖެހުމުން ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއް ތަކުލީފަކީ ކޭ އެއްޗެހި ރަނގަޅަށް ހަޖަމު ނުވުމުގެ ތަކުލީފުތަކެވެ. ނަމަވެސް، މިކަމަކީ މާ ބޮޑު ބޭސްފަރުވާއަކާއި ނުލާވެސް ފަރުވާ ކުރެވިދާނެ ކަމެކެވެ.
ހަޖަމުކުރަން އުނދަގޫވާ އެންމެ ބޮޑު އެއްސަބަބަކީ މާ އަވަހަށް ކާލެވޭ ގޮތް ވުމެވެ. އެހެން ކަމުން ކާއެއްޗިސް ހަޖަމު ނުވެ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވުމުގެ އެއް އަސްލަކީވެސް، ރަނގަޅަށް ނުހަފާ، އާދަޔާ ހިލާފު އަވަހަށް ކެއުމެވެ. މިކަމުގައި އޮތީ ވީހާވެސް ރަނގަޅަކަށް ކާއެއްޗިހި ހެފުމަށްފަހު ދިރުވުމެވެ. މިކަމަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއް ހަމައެއްގައި ހިފެހެއްޓުމަށްވެސް އެހީވެދޭ ކަމެކެވެ.
ރަނގަޅަށް ހަޖަމުވެ ފަސޭހަކަމާއިއެކު ބޮޑުކަމު ދިއުމަށްޓަކައި، ކެއުމުގައި އެ ބޭނުންކުރާ އެއްޗެއްގެ %28 އަކީ ފައިބާ ކަމުގައިވާންޖެހެއެވެ. ފައިބާއަކީ ތާޒާ މޭވާއާއި ތަރުކާރިން ފަސޭހަކަމާއިއެކު ލިއްބައިދޭ މާއްދާއެކެވެ. އެހެން ކަމުން ކާއެއްޗިހީގައި ފައިބާ އެކުލެވޭ މިންވަރު އިތުރުކުރާށެވެ.
ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބުމަކީވެސް ހަޖަމުކުރުމުގެ މައްސަލަތަކާއި އެނޫންވެސް އެފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އިންސާނެއްގެ ހަށިގަނޑުގެ %75 ހިއްސާކުރަނީ ފެނެވެ. ހަށިގަނޑުގައި ފެން ހިފެހެއްޓުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ތާޒާ މޭވާއާއި ތަރުކާރީއިން ތައްޔާރުކުރާ ޖޫސްތަކުގެ އިތުރުން ޑިޓޮކްސް ފެނާއި ފަތްޕިލާވެލީގެ ސަޔަކީވެސް އަނގަޔަށް މީރު، ފައިދާހުރި ބުއިންތަކެކެވެ.
މީގެ އިތުރުން ފައިދާހުރި ބެކްޓީރިއަކީވެސް ހަށިގަނޑަށް ބޭނުންވާ އެއްޗެކެވެ. މިއަށް ކިއާއުޅެނީ ޕްރޯބައޯޓިކްސްއެވެ. މިއީ ގޮހުގެ ސިއްހަތު ދުޅަހެޔޮކޮށްދޭ މާއްދާއެކެވެ.
ގުޅުންހުރި
