logoEN
cocacola
ޖެހިޖެހިގެން ފަސްވަނަ ދުވަހު އިންޑިއާގައި ރެކޯޑު އަދަދަކަށް މިހުން ޕޮޒިޓިވްވެއްޖެ

ޖެހިޖެހިގެން ފަސްވަނަ ދުވަހު އިންޑިއާގައި ރެކޯޑު އަދަދަކަށް މިހުން ޕޮޒިޓިވްވެއްޖެ

އަހުމަދު މާހު

logo

4/26/2021, 3:04:39 PM

coronavirus-india-1614705079

ޖެހިޖެހިގެން ފަސްވަނަ ދުވަހު އިންޑިއާގައި ރެކޯޑު އަދަދަކަށް މިހުން ޕޮޒިޓިވްވެއްޖެއެވެ.

ގޮސިޔާ

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އިންޑިއާ އިން ރެކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ. އެގޮތުން އިންޑިއާ އިން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މިގޮތުން އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރެކޯޑް އަދަދަކަށް އިތުރުވެ އޮކްސިޖަން ލިބުނުގެ ދަތިކަން ޖެހިފައިވާ އިންޑިއާ އަށް ދުނިޔޭގެ އެކި ގައުމުތަކުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިނގިރޭސި ވިލާތުން ވަނީ ވެންޓިލޭޓަރާއި އޮކްސިޖަން ފޮނުވަން ފަށައިފަ އެވެ. އެގޮތުން އީޔޫގެ ގައުމުތަކުން ވެސް ވަނީ އެހީ ފޮނުވަން ތައްޔާރުވާން ފަށާފައެވެ. ފްރާންސް އިންވެސް ވަނީ އިންޑިއާއަށް އެހީތެރިވުމުގެ ގޮތުން އޮކްސިޖަން ފޮނުވާނެ ކަމަށް ބުނެފަ އެވެ.

އަލަށް އިންޑިއާއިން ފެނިފައިވާ 352,991 ކޭސްއާއި އެކު މިހާރު އިންޑިއާއިން ވަނީ 17 މިލިއަނަށް ވުރެން ގިނަމީހުން ޕޮޒިޓިވްވެފައެވެ. ދުވާލަކަށް މަރުވާ މީހުންގެ އަދަދު 2,812 އަރާފައިވާއިރު ، ކޮވިޑްޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ މިހާރު 195,123 އަށް އަރާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ