logoEN
ކޮކާކޯލާ
ފުލުހުންނަށް ފުރިހަމަ ތަމްރީނު މަރުކަޒެއް ގާއިމް ވުމަކީ އަބަދުވެސް ކުރެވުނު ތަސައްވުރެއް: ޑީސީޕީ

ފުލުހުންނަށް ފުރިހަމަ ތަމްރީނު މަރުކަޒެއް ގާއިމް ވުމަކީ އަބަދުވެސް ކުރެވުނު ތަސައްވުރެއް: ޑީސީޕީ

Addu11

ފުލުހުންނަށް ތަމްރީނު މަރުކަޒެއް ގާއިމް ވުމަކީ އަބަދުވެސް ކުރެވުނު ތަސައްވުރެއްކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.

އަބުޅޯ

ޑީސީޕީ ވިދާޅުވީ، ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް އައްޑޫ ސިޓީގައި މިހާރު ގާއިމްކުރެވޭ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ފަދަ ޒަމާނަށް ފެތޭ ފުރިހަމަ ތަމްރީނު މަރުކަޒެއް ރާއްޖޭގައި ގާއިމްވުމަކީ ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއަކަށް ބަދަލުވީއްސުރެ ކުރެވެމުންދިޔަ ތަސައްވުރެއް ކަމަށާއި އެކަން ފުރިހަމަވެގެން އަންނަތަން ފެނިގެންދާތީ އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ހިމެނޭ ގޮތަށް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން އައްޑޫ ސިޓީއަށް ވަޑައިގެން ފުލުހުންގެ ތަމްރީނު މަރުކަޒުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމްކުރެވޭ މި މަރުކަޒުގެ ފައިދާ ލޯ އެންފޯސްމަންޓް ދާއިރާގައި ހިމެނޭ ހުރިހާ ފަރާތަކަށްވެސް ލިބިގެންދާނެ ކަމަށާއި މިއީ އައްޑޫ ސިޓީގެ ޒުވާނުންނަށާއި ސްކޫލް ދަރިވަރުންނަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީއަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ސީނިއަރ އެހެން އޮފިސަރުންވެސް ހިމެނޭ ގޮތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ އެމަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރެވޭ މި މަރުކަޒުގެ މަސައްކަތް މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިންމުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ދިމާވި އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމައި ފުލުހުންނާއި ހަވާލުކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިމްރާން ޢަބްދުﷲގެ މިދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާވެސް ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ