logoEN
cocacola
އެމްއެމްޕީއާރްސީ މައްސަލަ ބެލޭނެ، ބައެއް ބޭފުޅުންގެ މަގާމު ގެއްލޭނެ: ނަޝީދު

އެމްއެމްޕީއާރްސީ މައްސަލަ ބެލޭނެ، ބައެއް ބޭފުޅުންގެ މަގާމު ގެއްލޭނެ: ނަޝީދު

ހުސެއިން

logo

4/26/2021, 2:33:06 PM

ނަޝީދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ކުރާނެ ކަމަކީ ޔަގީން ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަގާމުތައް ގެލިގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ނަޝީދު ވިދާޅުވީ އެކަމުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި އެމަނިިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

"އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ އަޑު މަޖިލީހުގައި މިއަދު އަލުން ދެކެވުނު އިރު، އެކަމުގައި ތުހުމަތުވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްްކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ