logoEN
ޕީއެންސީ 2
ކޮވިޑް-19: ތިނަދޫ އިން އިތުރު މީހަކު ފައްސިވެ, އަދަދު 4 އަށް

ކޮވިޑް-19: ތިނަދޫ އިން އިތުރު މީހަކު ފައްސިވެ, އަދަދު 4 އަށް

Admin

logo

4/26/2021, 1:21:51 PM

IMG_0797-1536x864

ގދ. ތިނަދޫ އިން ކޮވިޑް-19އަށް އިތުރު މީހަކު ފައްސިވެ، ޖުމްލަ އެކްޓިވް ކޭސްގެ އަދަދު 4އަށް އަރައިފިއެވެ.

ޝަރީ 2024

މިމަހު 24ވަނަ ދުވަހު ތިނަދޫއިން ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައި އެވެ.

އަދި މި ފަރާތްތައް ފައްސިވުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން މިއަދު ނެގި އިތުރު ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެފައިވާ ކަމަށް ޑރ. އަބަދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިމުގެ އިތުރުން ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައިއެވެ. ހަމައެއާއި އެކު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ