logoEN
cocacola
ގދ ގަން އަގްރޯ ކުންފުންޏަށް

ގދ ގަން އަގްރޯ ކުންފުންޏަށް

އަހުމަދު ޝުރާއު

logo

4/26/2021, 9:25:19 AM

big_iDOSqU8vOMqaizKtfgMryFVEC

ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ގދ ގަން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ގޮސިޔާ

ރާއްޖޭގެ ނޫހެއް ކަމުގައިވާ އަވަސް އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވިގޮތުގައި ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ގދ ގަން ހިމެނޭ ގޮތަށް 3 ރަށެއް އެ ކުންފުންޏަށް ދީފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި ކަމާ ގުޅޭ އެއްބަސްވުންތައް ނިންމާ، ރަސްމީކޮށް ހަވާލުވެވޭނެ ކަމަށްވެސް ހާރޫން ވިދާޅުވި އެވެ.

ގދ ގަމުގެ އިތުރުން އެގްރޯ ކުންފުންޏާއި ހަވާލު ކުރަމަށް ހަމަޖެހިފައިވަނީ ހއ. މުލިދޫ އަދި ލ. ގާދޫ އެވެ.

އެގްރޯ ކުންފުންޏަށް ލިބުނު ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ކުންފުނީގެ ވިސްނުން ހުރީ އެ ރަށްތަކާ އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދިނުމަށެވެ. ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އާ ކޮންސެޕްޓެއް ހިމަނައިގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމަށްވެސް އެގްރޯގެ ޕްލޭންގައި އެބައޮތެވެ.

ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ދޫކުރުމަށް ވަނީ ނިންމާފައި އެވެ. ނަމަވެސް ދޫކުރާނެ ބިމުގެ ބޮޑު މިނާއި ކުލީގެ އަގުތައް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅަން ނިންމާފައިވަނީ ޕްރޮޕޯސަލްތަކާއި އިންވެސްޓް ކުރަން ވިސްނާފައިވާ ގޮތް ބެލުމަށްފަހުގައި އެވެ.

އެ ރަށްތަކުގައި ތިބޭ ދަނޑުވެރިންނަށް އެކޮމަޑޭޝަނާއި ދަނޑުތައް ހައްދާ ބެލެހެއްޓުމަށް ބޭނުންވާ އެހެން ވަސީލަތްތައް އެ ކުންފުނިން ގާއިމުކޮށްދޭންވެސް ވަނީ ނިންމާފައި އެވެ. އަދި ދަނޑުވެރިންނަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކޮށްދިނުމުގައި އެކުންފުނީގެ މުވައްޒަފުން ވެސް އެ ރަށްތަކުގައި ބޭތިއްބުމަށްވެސް ވަނީ ނިންމާފައި އެވެ.

ދިވެހި ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ ދަނޑުވެރިންގެ މަސައްކަތްތަކަށް ފަސޭހަކޮށްދީ ދަނޑުވެރިން ކުރާ މަސައްކަތާއި އެއްވަރުގެ އާމްދަނީއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ