logoEN
cocacola
 ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

އަހުމަދު ޝުރާއު

logo

4/26/2021, 11:10:24 AM

294050_3_152541069805efeba84dc21ebc9a175246656af9_large

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ގޮސިޔާ

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައި އެވެ. އަދި އެ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ކޮޕީތަށް އާދީއްތަ ދުވަހު ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ.

އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ. އެއާ ހިލާފު ރައުޔަކަށްވީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔެވެ. ފަސް ގަޑިއިރަށް ވުރެ ދިގުލައިގެން ދިޔަ އަޑުއެހުމުގެ ބޮޑު ބައި ހޭދަވީ ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވާށެވެ.

އެއަށް ފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ފުއްގިރީގެ އިތުރުން އެހެން ރަށްރަށުގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައްވެސް އެމަނިކުފާނުގެ މައްޗަށް ފުލުހުން އަދިވެސް ހިންގަމުންދެ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ސުވާލު ކުރަން އެމަނިކުފާނު ހާޒިރު ކުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ