logoEN
Sto top
ރޭޕްކުރުމާއި ޖިންސީ ގޯނާ އިތުރުވާތީ މަޖިލީހަށް ގަރާރެއް

ރޭޕްކުރުމާއި ޖިންސީ ގޯނާ އިތުރުވާތީ މަޖިލީހަށް ގަރާރެއް

އަހުމަދު ޝުރާއު

logo

4/26/2021, 10:28:41 AM

big_4uDtTE5ieVBRRLe4ItgK7kVHx

ރޭޕްކުރުމާއި ޖިންސީ ގޯނާކުރުން، ރާއްޖޭގައި އިތުރުވަމުންދާތީ އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތެއް ރޭވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ގަރާރެއް ހުށަހަޅައިފި އެވެ.

Wamco

މަޖިލީހަށް މިގަރާރު ހުށަހަޅުއްވާފައިވަނީ ޕީޕީއެމް - ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ. މި ގަރާރުގައި ވަނީ ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން ފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގައި މީހުންނަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލައިފަ އެވެ.

އަދި ރާއްޖޭގައި ޖިންސީ ގޯނާ އާއި ރޭޕް އިތުރުވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށެވެ. އެގޮތުން އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި އިންސާފު ލިބުން ލަސް ކަމަށްވެސް މި ޤަރާރުގައި ބުނެފައި ވެއެވެ. ހަމައެއާއި އެކު ރޭޕްކުރުމާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލަމުން އަންނަ ކަމަށާއި މި ކަމަކީ އެފަދަ އަމަލުތައް ގިނަވަމުން އަންނަ ސަބަބެއް ކަމަށާއި މުޖުތަމުއުގައި ބިރުވެރިކަން އުފެދި، މަގުމައްޗަށް ނުކުންނަން ފަސްޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންކަމުންޖިންސީ ގޯނާ އާއި ރޭޕްކުރުން ފަދަ މައްސަލަތައް، މަދުކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފައިވެ އެވެ.

މަޖިލީހަށް މިފަދަ ގަރާރެއް ހުށަހެޅިއިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މާލޭގެ މަގުމަތިން އަންހެނަކު ނަގައިގަނެގެން ގޯޅިއަކަށް ވައްދައި، "ރޭޕް" ކުރަން އުޅުނު ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ. މިއާއި އެކު ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި މި މައްސަލަތަށް ބެލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside