logoEN
Sto top
ލީގު ކަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީއަށް

ލީގު ކަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީއަށް

އަހުމަދު ޝުރާއު

logo

4/26/2021, 9:30:36 AM

Ez1wntXXsAcFA7R

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ލީގު ކަޕްގެ ތަށި އުފުލާލައިފި އެވެ.

Wamco

ސިޓީއިން ސްޕާސް ބަލިކޮށް ތަށި އުފުލާލީ 0-1 ގެ ނަތީޖާއަކުންނެވެ. ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައި، ސިޓީން ވަނީ 80ގެ ކުރީކޮޅު ލިވަޕޫލުން ގާއިމްކުރި ރެކޯޑާ އެއްވަރުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ފައިނަލް މެޗު ކުޅުނުއިރު، އިނގިރޭސި އެފްއޭއިން ވަނީ މި މެޗު ބަލަން 8،000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ. މި މެޗުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޓޮޓެންހަމުން ވަނީ ރަނގަޅަށް ޑިފެންސްކޮށް، މެޗުގެ ބޮޑުބައިގައި ސިޓީ ހުއްޓުވާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ސިޓީގެ ފިލް ފޯޑެން ހުހަށްހުރެ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓޮޓެންހަމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި ސިޓީގެ ރިޔާދު މާރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމުގެ ޖިއޮވާނީ ލޮ ސެލްސޯ ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާ ސިޓީގެ ގޯލްކީޕަރު ޒެކް ސްޓެފެން ވަނީ ދިފާއުކޮށްފައެވެ. އަދި ފަހުން ސިޓީގެ މާރޭޒް ފޮނުވާލި ހަމަލާއެއް ލޮރިސް ހުއްޓުވި ނަމަވެސް، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ސިޓީން ވަނީ ލީޑު ނަގާފައެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓެވެ.

މި މޮޅާއެކު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީން ލީގު ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހާސިލުކުރި 30 ވަނަ ޓްރޮފީއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside