logoEN
cocacola
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހޯނޑެެއްދޫގައި ތަރައްޤީކުރި ދިގެމައްކޮޑާ ނޭޗަރ ޕާކް ހުޅުވައިފި

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހޯނޑެެއްދޫގައި ތަރައްޤީކުރި ދިގެމައްކޮޑާ ނޭޗަރ ޕާކް ހުޅުވައިފި

އަހުމަދު ޝުރާއު

logo

4/26/2021, 9:07:10 AM

177275653_3819468628088950_1888728895357320197_n

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ ހޯނޑެއްދޫގައި “ދިގެމައްކޮޑާ ނޭޗަރ ޕާކް” ނަމުގައި ޕާކެއް ތަރައްޤީކޮށްފި އެވެ.

ގޮސިޔާ

ހޯނޑެއްދޫގެ ޖަމިއްޔާއެއް ކަމުގައިވާ ހޯނޑެއްދޫ ސްޕޯޓްސްއިން ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްޤީ ކުރި މި ނޭޗާ ޕާކު އާދީއްތަ ދުވަހު ވަނީ ރަސްމީކޮށް ހުޅުވާފައި އެވެ. އެގޮތުން މި ޕާކު ހުޅުވުމުގެ ގޮތުން ހޯނޑެއްދޫ ސްޕޯޓްސްއިން ވަނީ ޚާއްސަ ބާބަކިއު އެއް ނޭޗާ ޕާކް ސަރަހައްދުގައި ބާއްވާފައި އެވެ.

މި މަޝްރޫއުގެ ދަށުން ހޯނޑެއްދޫގެ އުތުރުކޮޅުގައި ހެދިފައިވާ ހޮރައިޒަން ފެންގަނޑަށް ޒިޔާރަތްކުރާ މީހުންނަށް އެ ސަރަހައްދުގެ ހިތްގައިމުކަން ބަލާލެވޭނެ ގޮތަށް ވަނީ ޕްލެޓްފޯމެއްވެސް ތައްޔާރު ކޮށްފައި އެވެ. އަދި ފެންގަނޑު މަތިން ހިނގާލެވޭނެ ވޯކްވޭއެއްގެ އިތުރުން އެސަރަހައްދުގައި މަޑުކޮށްލެވޭނެ ގޮތަށް ބެންޗުތަށް ވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ގާއިމުކޮށްފައި އެވެ. ހަމަ އެއާއި އެކު އެސަރަހައްދުގައި ބާބަކިއު ބޭއްވޭނެ އިންތިޒާމުތަށް ވެސް ވަނީ ތަރައްޤީކޮށްފައި އެވެ.

undefined

ގދ ހޯނޑެއްދޫގައި ނޭޗާ ޕާކެއް ހެދުމަށް ހޯނޑެއްދޫ ސްޕޯޓްސްއިން ހުށަހެޅި ޕްރޮޕޯޒަލް އެޖަމިއްޔާއަށް އެވޯޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. އަދި މި ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ހޯނޑެއްދޫ ސްޕޯޓްސްއިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީ ކޮޅެވެ.

undefined

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި ފަންޑެކެވެ. މި ފަންޑުގެ ދަށުން މިހާރުވެސް ގިނަ ރަށްތަކެއްގައި ތަފާތު އެކި ޕްރޮޖެކްޓުތަށް ދަނީ ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ