logoEN
cocacola
އިންޑިއާގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، އޮކްސިޖަން ނުލިބި ގިނަ ބަޔަކު މަރުވަނީ

އިންޑިއާގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، އޮކްސިޖަން ނުލިބި ގިނަ ބަޔަކު މަރުވަނީ

އަހުމަދު މާހު

logo

4/25/2021, 5:32:59 PM

Cropped-1619186139-04-23T075941Z_135626758_RC2J1N9871WB_RTRMADP_3_HEALTH-CORONAVIRUS-INDIA-OXYGENre

އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކޮންމެ ދުވަހަކު ވެސް ރެކޯޑު އަދަދަކަށް ގނަވެ، އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް 349،691 މީހުން ޕޮޒިޓިވްވެ 2,767 މީހުން ވަނީ މަރުވެފަ އެވެ.

ގޮސިޔާ

އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ބާރުވެފައިވާ އިރު، ގިނަ ހޮސްޕިޓަލްތަކަށް އަންނަ ބަލި މީހުންނަށް ފަރުވާ ނުދެވި އަނބުރާ ފޮނުވާލާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވި ދުވަހެވެ. އޭޕްރީލް މަހުގެ 08 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑްޖެހޭ ބަލި މީހުންގެ އަދަދު ގިނައަދަދަކަށް އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހި ބާރުވެފައިވާއިރު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވަނީ އޮކްސިޖަން ވެސް ހުސްވެފައެވެ. އެހެންކަމުން އެގައުމުގައި މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ބިރު އޮތްކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ