
img_md_202004261239491587843589.6604
ފެނަކަ ތިނަދޫ ބްރާންޗުން މިމަހު ރީޑިންގ ނެގުމަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި ތިނަދޫ މޮނީޓަރިންގ އަށް ލެވިފައިވާ މި ދަނޑިވަޅުގައި، ފެނަކަ ތިނަދޫއިން ވަނީ މި މަހުގެ ކަރަންޓު އަދި ފެން މީޓަރގެ ރީޑިންގ ނެގުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިލައްވާފައެވެ.
އެގޮތުންް ކަރަންޓު އަދ ފެން މީޓަރުގެ ސާފު ފޮޓޯއެއް ނެންގެވުމަށްފަހު ގޭގެ ނަން ޖައްސަވައި އޭޕްރިލް 28 ވާ ބުދަ ދުވަހުގެ ކުރިން ވައިބަރ ކޮށްދެއްވުމަށް ފެނަކައިން ވަނީ އެދިލައްވާފައެވެ.
ވައިބަރ ނަންބަރުތަކަކީ:
7783895
7300845
7465456
ތިނަދޫ މޮނިޓަރިން އަށް ލާފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ އިއްޔެ ފައްސިވި ފާރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވުމާ ގުޅިގެންނެވެ. އަދި މި މީހާއަކީ ކަރަންޓީނުގައި ނެތް މީހަކަށްވުމުން ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.