ދޮންކޭލަކީ އޭގެން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. ދޮންކެޭލުގެ ސަބަބުން ސިއްހީ އެތައް ފައިދާތަކެއް ލިބޭއިރު، ކޮންމެ ދުވަހަކު ދޮންކެޔޮ ބޭނުން ކުރާނަމަ ސިއްހީ ގޮތުން ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ލިބިދޭކަމަށް ސައިންވެރިން ހާމަކުރެއެވެ.
ކޮންމެ ދުވަހަކު ދޮންކެޔޮ ކައިފިނަމަ ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ދޮންކެޔޮލަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދައްކޮށްދެއެވެ.
މީގެ އިތުރުން ދޮންކެޔޮލަކީ ބޭރަށް ހިންގުމަށް ހައްލެކެވެ. ދޮންކެޔޮލަކީ އޭގައި ގިނަ އަދަދެއްގެ ފައިބަރު އެކުލެވޭ މޭވާއެއްކަމުން ކެއުމުގައި ދޮންކެޔޮ ބޭނުންކުރާނަމަ ބޭރަށް ހިންގުމުގެ މައްސަލައަށް ހައްލެއް ލިބިދެއެވެ.
ކޮންމެ ދުވަހަކު ދޮންކެޔޮ ވަކެއް ކާނަމަ ޑިޕްރެޝަންއަށް ހައްލެއް ލިބިދެއެވެ. ދޮންކެޔޮލަކީ ގިނަ އަދަދެއްގެ ޓްރައިޕްޓޮޕާން އެކުލެވޭ މޭވާއެއްކަމުން ހަށިގަނޑުގައި އެކުލެވޭ ސެރޮޓޮނިންގެ ސަބަބުން މީހާގެ ހާސްކަން ފިލުވައިދީ މޫޑު ރަނގަޅުވެއެވެ.
ދޮންކެޔޮލަކީ އޭގެ ސަބަބުން އެތަކެއް ސިއްހީ ފައިދާ ތަކެއް ލިބޭ އެއްޗަކަށް ވާއިރު، ކޮންމެ ދުވަހަކު ދޮންކެޔޮ ވަކެއް ކެޔުމަށް އާދަކުރަމާ ހިގާށެވެ.