logoEN
Sto top
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފި

ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފި

Majilis-1

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Wamco

މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މާއްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވާޑްރޯ ކުރުމުގެ ހުއްދަ އަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގައި އެދިވަޑައިގަތީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށް، ހަރަދުތައް މެނޭޖުކުރާނެ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި އެދުމުން، މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރި މައްސަލާގައި ވާގޮތުން އޯވާ ޑްރޯގެ ހުއްދަ ފިނޭންސް މިނިސްޓްރިއަށް ދީފައިވަނީ އެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside