logoEN
cocacola
މަސްވެރިކަން ރަނގަޅުވުމުން މިފްކޯއަށް މަސް ކިރުވޭ ވަރު ލިމިޓު ކޮށްފި

މަސްވެރިކަން ރަނގަޅުވުމުން މިފްކޯއަށް މަސް ކިރުވޭ ވަރު ލިމިޓު ކޮށްފި

އަހުމަދު ޝުރާއު

logo

4/25/2021, 5:33:06 AM

koodo

ދެކުނު މަސްވެރިކަން ރަނގަޅުވުމުން އެ ސަރަހައްދުގެ މަސްވެރިންނަށް މިފްކޯއަށް މަސް ކިރުވޭނެ އަދަދު ލިމިޓުކޮށްފި އެވެ.

ގޮސިޔާ

މިސްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއިލް ފައުޒީ ސޮއި ކުރައްވައި އެ ކުންފުނީގެ ސެންޓަރުތަކުގެ ވެރިންނަށް އިއްޔެ ފޮނުއްވި މެމޯއެއް ވަނީ " ގާފު " ގެ ނިއުސްޓީމަށް ލިބިފައި އެވެ. މި މެމޯގައި ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވުމައި ގުޅިގެންނެވެ. އެހެންކަމުން 25 އޭޕްރިލް އިން 28 އޭޕްރިލްގެ ނިޔަލަށް ގއ ކޫއްޑޫއާއި ޅ, ފެލިވަރު އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްކިރާ ކޮންމެ ދޯންޏަކުންވެސް އެންމެ ގިނަ ވެގެން ކިރުވޭނީ 4 ޓަނު މަސްކަމަށެވެ.

ނަމަވެސް ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިހާރު ކިއު ނަންބަރު ދެވިފައި ހުރި ދޯނިފަހަރު މަސްކިރައި ނެމެންދެން ކޮންޓްރޯލެއްނެތި މަސް ކިރުވުމަށް ވެސް ވަނީ މި މެމޯގައި ބުނެފައި އެވެ.

މިދުވަސްވަރު ދެކުނުގެ މަސްވެރިކަން ވަނީ އާދަޔާ ހިލާފަށް ރަނގަޅުވެފައި އެވެ. އަދި މިއާއި އެކު މިފްކޯއިން ވަނީ ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ ޖާގަހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯރޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި އެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތް ދިނުމަށް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ ކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ