logoEN
ކޮކާކޯލާ
ރާދޭގެ ޓްރެއިލާ ބަލައިފިންތަ

ރާދޭގެ ޓްރެއިލާ ބަލައިފިންތަ

އަހުމަދު ޝުރާއު

logo

4/25/2021, 11:30:58 AM

EIDSXlTUwAEsx4q_1200x768_1200x768

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަބުޅޯ

މިއަހަރުގެ ފިތުރު އީދު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޓްރެއިލާއިންވެސް ވަނީ މި ފިލްމުގައި ފެނިގެންދާނެ އެކްޝަން މަންޒަރުތަށް ޓީޒް ކޮށްފައި އެވެ.

https://www.youtube.com/watch?v=zPl7y5yBzuo

މި ފިލްމަކީ މިދިޔަ އަހަރުގެ އީދުގައި ސްކްރީންކުރުމަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާއެކު ފިލްމު އެޅުވޭނެ ގޮތް ބަންދުވީ އެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ