logoEN
cocacola
ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ ވިހެއި ތިން ކުއްޖަކު ވެންޓިލޭޓަރުގައި!

ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ ވިހެއި ތިން ކުއްޖަކު ވެންޓިލޭޓަރުގައި!

އަހުމަދު ޝުރާއު

logo

4/25/2021, 12:00:39 PM

IGMH-850x548

ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ ވިހެއި ކުދިންގެ ތެރެއިން ތިން ކުއްޖަކު މިހާރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އެ ތިން ކުދިން ކޮވިޑުން ސަލާމަތް ވެފައިވީ ނަމަވެސް ކޮންޓެކްޓް ވެފައި ވާތީ ފަރުވާދޭން ޖެހިފައި ވަނީ ވަކި ކޮށްގެން، ވަކި ކިއުބިކަލްތަކެއްގައި ކަމަށެވެ.

ކޮވިޑުގެ ބަލީގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ގޯސްވާން ފަށާފައިވާކަން ފާހަގަކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ، "އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް" ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން ހުކުރު ދުވަހުގެ ހަވީރު 6 އަށް އެކަނިވެސް 319 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. މިއީ މިހާތަނަށް ރެކޯޑް އަަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް ވަނީ ދިހަ އަހަރުން ދަށުގެ 2665 ކުދިންނަށް ކޮވިޑް ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ 1283 އަންހެން ކުދިންނާއި 1382 ފިރިހެން ކުދިންނެވެ. ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އުމުރު ހާމަކުރަނީ ނުވަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފަސް ވަނަ އަށް އެންމެ ގިނައިން ކޮވިޑް ޖެހިފައި ވަނީ ދިހައަހަރުން ދަށުގެ ކުދިންނަށެވެ.

މިއަދާއި ހަމައަށް ކޮވިޑް ބަލި މީހުންގެ ނުވަތަ އެކްޓިވް ކޭސްގެ އަދަދު 3207 އަށް ވަނީ އަރާފައެވެ. މިއީ ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކްޓިވް ކޭސްގެ އަދަދު އެންމެ މައްޗަށް ދިޔައީ އޭޕްރީލް 02 ވަނަ ދުވަހު އެވެ. އެދުވަހު އެކްޓިވް ކޭސްގެ އަދަދު ހުރީ 3110 ގައެވެ.

އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މިހާރު ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ