logoEN
cocacola
އެމްޑީޕީއަށް ރަށު ކައުންސިލް ރައީސްގެ 71 ގޮނޑި , ޕީޕީއެމްއަށް 51 ގޮނޑި

އެމްޑީޕީއަށް ރަށު ކައުންސިލް ރައީސްގެ 71 ގޮނޑި , ޕީޕީއެމްއަށް 51 ގޮނޑި

އަހުމަދު ޝުރާއު

logo

4/25/2021, 10:17:03 AM

photo_2021-04-11_02-31-01

މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ޕާޓީ, އެމްޑީޕީއަށް ރަށު ކައުންސިލް ރައީސްގެ 71 ގޮނޑި އަދި އެ ޕާޓީއާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމަށް 51 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ގޮސިޔާ

އީސީއިން ބޭއްވި ނިއުސް ކޮންފަރެންސްގައި. އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި 804 ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބު ލިބިފައި ވަނީ 400 ކެންޑިޑޭޓަކަށް ކަމަށެވެ. ޕީޕީއެމުން 646 މަގާމަށް ވާދަކުރިއިރު ކާމިޔާބުކުރެވުނީ 325 ގޮނޑި އެވެ.

އެމްޑީޕީ އަށް އައްޑު އާއި ފުވައްމުލައް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަން ކާމިޔާބުކުރެވިފައިވެ އެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގެ 18 ގޮނޑި އާއި އަތޮޅު ކައުންސިލް ރައީސްގެ 11 ގޮނޑި އާއި ރަށު ކައުންސިލް ރައީސްގެ 71 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ ގޮތުގައި 155 މަގާމު އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ 142 ގޮނޑި ލިބިފައިވެ އެވެ.

އިދިކޮޅު ޕީޕީއެމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާ އެކު ސިޓީ ކައުންސިލްގެ 16 މަގާމާއި އަތޮޅު ކައުންސިލް ރައީސްގެ ހަތް މަގާމަކާއި 51 ރަށެއްގެ ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެމްބަރުންގެ 121 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ 139 ގޮނޑިއެއް ކާމިޔާބުކުރެވިފައިވެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީން 115 މަގާމަށް ވާދަކޮށްގެން 23 ގޮނޑި، އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ކުރިމަތިލައިގެން 11 މަގާމެއް އަދި އެމްޑީއޭ އިން 20 މަގާމަކަށް ވާދަކޮށްގެން 16 ގޮނޑި ކާމިޔާބުކުރި އެވެ.

ޖޭޕީއަށް ސިޓީ ކައުންސިލްގެ އެއް ގޮނޑި އާއި ތިން ރަށެއްގެ ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެމްބަރުންގެ ހަތް ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 15 ގޮނޑި ލިބިފައިވެ އެވެ. އެމްޑީއޭ އިން ރަށު ކައުންސިލް ރައީސްގެ ތިން މަގާމަކާއި ކައުންސިލް މެމްބަރުންގެ ފަސް ގޮނޑިއެއް އަދި އަންހެނުންނަށް ހާއްސަ އަށް ގޮނޑިއެއް ކާމިޔާބުކުރި އެވެ. އަދާލަތުން ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރުގެ ފަސް ގޮނޑިއަކާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ފަސް ގޮނޑި ކާމިޔާބުކުރި އެވެ.

އަމިއްލަ ގޮތުން 600 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭން ގޮނޑި ކާމިޔާބު ކުރެވުނީ 173 ކެންޑިޑޭޓުންނަށެވެ. އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކު ވަނީ ސިޓީ ކައުންސިލްގެ ތިން ގޮނޑި އާއި ރަށު ކައުންސިލްގެ ރައީސްގެ 37 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 71 ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2،234 ކެންޑިޑޭޓުން ވާދަކުރި އެވެ. ޝަރީފް ވިދާޅުވީ މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން ބޭއްވި އިންތިހާބު ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ