
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރޭވޭނީ އެއްއަހަރު ވެފައިވާ މެންބަރުންނަށް ކަމަށް ފާސްކޮށްފި
WhatsApp-Image-2021-04-24-at-22.01.22
ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީއިން ނިންމައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ގައުމީ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ޕާޓީގައި އެއްއަހަރު ނުވާ މެންބަރުންނަށް ކުރިމަތިނުލެވޭ ގޮތައް ހުށަހެޅި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓުންނެވެ.
އެމްޑީޕީއިން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ 18 އޭޕްރީލް 2021 ވަނަ ދުވަހާ ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ދުވަހުން ފެށިގެން މެމްބަރޝިޕް ފޯމުތައް ބަލައިގަތުން ވެސް އެ ޕާޓީއިން ވަނީ ހުއްޓާލާފައެވެ.
މި އިންތިހާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިހާބުގައި ހޮވާނެއެވެ.
ބިލަބޮންގ ހައި ސްކޫލުގެ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.