
E40340A6-0CC5-4B6C-8A41-0C171164F81D-850x548
ގދ ތިނަދޫގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމާއި އެކު ތިނަދޫގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ތިނަދޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ރަށުތެރޭގައި އަޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަށް ވަނީ އިއުލާންކޮށްފައިއެވެ.
ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަށް
ސައިހޮޓާ އަދި ރެސްޓޯރެންޓުތަކުން ގްރޫޕުތަކަށް ކޭޓަރިންގ ހިދުމަތް ނުދިނުމާއި ހިދުމަތްދޭއިރު ގައިދުރު ކަމާއިއެކު ތިބެވޭނެގޮތަށް މޭޒުތަށް ތަރުތީބުކޮށް އިންތިޒާމްކުރުން
ފިހާރަތަކާއި ގާޑިޔާތުގެ ހިދުމަތްތަށް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރޭގަނޑު 11:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުން
ހުރިހާ ކުޅިވަރު ކޯޓުތަކާއި ކުޅިވަރު ހަރަކާތްތަކާއި ކުޑަކުދިންގެ ޕާކުތަކާއި މިއުޒިއަމް ޕާރކް ބަންދުކުރުން
ފަރު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ މަހަށް ނުފުރުން
އެއާޕޯޓަށް ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑުޖައްސާލުން
ގްރޫޕް ރޯދަވީއްލުންތަށް ނުބޭއްވުމާއި އެއްވެނޫޅުން
މިސްކިތްތަކަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމާއި އަމިއްލަ މުސައްލަ ގެންދިޔުން
ސްކޫލް ، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކްލާސްތަކާއި ޤްރުއާން ކްލާސްތަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުން
ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިމުގެ އިތުރުން ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައިއެވެ. ހަމައެއާއި އެކު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.
ތިނަދޫއިން އިއްޔެ ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައި އެވެ.
މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.