logoEN
cocacola
އީސީގެ ނައިބު ރައީސް އަކްރަމް އިސްތިއުފާ ދެއްވައިފި

އީސީގެ ނައިބު ރައީސް އަކްރަމް އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

11/19/2020, 4:06:58 PM

Akram-Elections

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ގޮސިޔާ

އޭނާ އެ ކޮމިޝަނުން އިސްތިއުފާ ދިން ކަން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ކޮމެޓީން އޭނާ ވަކި ކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުވައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ނުދެކޭތީ ކަަމަށެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވާފައިވާ އިރު އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ. އަދި އަކުރަމް އަކީ އީސީގެ ތަރުޖަމާނުވެސްމެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ