logoEN
ޕީއެންސީ 2
ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހުސެއިން

logo

4/24/2021, 3:55:33 PM

big_1zb1xeSRajb0u2Z3hjxL5Z4x5

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓުގެ މަސައްކަތް ފެށުމަށް ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ.

ޝަރީ 2024

ރާއްޖެއިން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ޕްރޮޓޮޓައިޕް ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާއި ގުޅޭ ސައިންޓިފިކް ދިރާސާތަކަށް ބޭނުންކުރާނެ ސެޓެލައިޓެކެވެ.

އައިޖީއެސްގެ ޗެއަރމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންއަށް ބޭނުންވާ ފައިސާ ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

މިސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް ސެޓެލައިޓް ލޯންޗްކުރުމުގައި ފަންނީގޮތުން އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އައިޖީއެސްއިން މިދިޔަމަހުވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ސެޓެލައިޓް ލޯންޗް ކުރާނެ ޤައުމެއް ހަމަޖައްސައި އެޤައުމުގެ އެއަރ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އެހީތެރިވެދޭނެ ކަމަށް އައިޖީއެސްއިން މަޢުލޫމާތުދެއެވެ.

ކޭއެސްއެފްއާއެކު ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސެޓެލައިޓް ޑިޒައިންކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސަރޗް ހަދަން އެމެރިކާގެ ތަޖްރިބާ ކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މިޝަންގައި ބައިވެރިވާން ބޭނުން ދިވެހި ޒުވާނުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި ސެޓަލައިޓް އުފެއްުދުމާއި މުޅި ޕްރޮޖެކްޓް ލީޑް ކުރާނީ ވެސް ދިވެހި ޒުވާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ މިޝަން ޑައިރެކްޓަކަށް ހަމަޖައްސާފައި ވަނީ ކާމިޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އެނާގެ މައިގަނޑު ޒިންމާއަަކަށް ވާނީ ސްޕޭސް މިޝަންއެއް ރާވައި، ކާމިޔާބު ކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ