logoEN
Sto top
ޔޫއެފާ ޗެމްޕިއަންސް ލީގުން ރެއާލް މެޑްރިޑް ސަސްޕެންޑް ނުކުރަން ނިންމައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުން ރެއާލް މެޑްރިޑް ސަސްޕެންޑް ނުކުރަން ނިންމައިފި

real-madrid-champions-league-2018_a0p1r66hz5we16cl9owl2otko

ރެއާލް މެޑްރިޑް އިން ޔޫރަޕިއަން ސުޕާ ލީގާމެދު ވިސްނުން ބަދަލު ނުކުރި ނަމަވެސް މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން އެ ކްލަބު ސަސްޕެންޑް ނުކުރަން ޔޫއެފާއިން ނިންމައިފި އެވެ.

Wamco

އެހެން ކަމުން، މި ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ، ޗެލްސީ އާ ދެކޮޅަށް ރެއާލް ކުޅޭ މެޗު، ކުރީގެ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ދާނެ އެވެ.

ރެއާލް ގެ އިތުރުން ޗެލްސީއަކީވެސް ޔޫރަޕިއަން ސުޕާ ލީގުގެ ފައުންޑިންގ މެންބަރެކެވެ. އެހެންނަމަވެސް ޔޫއެފާގެ އިންޒާރުތަކާއެކު، ޗެލްސީ ވަނީ އެ މުބާރާތުން ވަކިވެފައެވެ. މިހާތަނަށް ބައިވެރިވި އިނގިރޭސި ޕްރެމިއާ ލީގުގެ ހުރިހާ ކްލަބެއް އެ މުބާރާތުން ވަކިވެފައިވާއިރު، މިހާރު ވަކި ނުވެ އޮތް ހަމަ އެކަނި 2 ކްލަބަކީ ރެއާލް އަދި ބާސެލޯނާއެވެ.

ރެއާލް އާ ދެކޮޅަށް ފިޔަވަޅު ނާޅަން، ޔޫއެފާއިން ނިންމީ، ޔޫއެފާގެ ރައީސް، އެލެގްޒެންޑާ ކެފެރިން އެ އިދާރާގެ ލީގަލް ޑިޕާޓްމެންޓާ އެކު އިއްޔެ ބޭއްވި ބައްދަލު ވުމަށް ފަހު އެވެ.

ޓީމެއް މުބާރާތުން ވަކި ކޮށް މެޗުތަކެއް ނުކުޅޭނަމަ އެއީ ބްރޮޑްކާސްޓަރުންނަށް ކުރިމަތި ވާނެ ގެއްލުމެއްގެ ގޮތުގައި ވެސް ކެފެރިން ވަނީ ފާހަގަ ކޮށްފައެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ރެއާލް ޑިސްކޮލިފައި ކުރުމާމެދު ވާހަކަތަކެއް ދެކެވުނު ނަމަވެސް މިހާރު ސުޕަ ލީގުގެ ބާރެއް ނެތުމުން ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside