އިންޑިއާގެ ފަރުތުވެރިއެއް މަރުވެފައި އޮއްވައި ދިއްފުށީ ފަޅުތެރެއިން ފެނިއްޖެ

ކ. ދިއްފުށި

ކ. ދިއްފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު އިންޑިއާގެ ފަތުރުވެރިޔަކު މަރުވެފައި އޮއްވައި އެ ރަށު ފަޅުތެރެއިން ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ދިއްފުށީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުފަހު 1:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

އެ ފިރިހެން މީހާ މަރުވާން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއަށް މިހާރުވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ އިންޑިއާއެވެ. ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތް ކުރަމުންދާއިރު، މޫދުގައި ހިނގާ އެކި އެކި ހާދިސާތަކުގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް