logoEN
ޕީއެންސީ 2
އައިމެކް މިފަހަރު ތަފާތު 7 ކުލައިން

އައިމެކް މިފަހަރު ތަފާތު 7 ކުލައިން

އަހުމަދު ޝުރާއު

logo

4/24/2021, 11:40:45 AM

3953467

އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕަލް ބްރޭންޑުގެ އާ އައިމެކް ލޮންޗުކޮށްފި އެވެ.

ޝަރީ 2024

އެޕަލް ކުންފުނީގެ "ސްޕްރިންގް ލޯޑަޑް" އިވެންޓުގައި ދައްކާލި މި އައިމެކް އެކި ކުލަކުލައިން ލިބޭ ގޮތަށް އެޕަލް އިން ވަނީ ހަދާފަ އެވެ. މި އައިމެކްގެ ރީނދޫ، އޮރެންޖު، ފެހި، ނޫ، ފިޔާތޮށީ ކުލައިގެ އިތުރުން ދަނބާއި ރިހި ކުލައިގެ ވާޝަންވަނީ ތައާރަފްކޮށްފައި އެވެ.

undefined

އާ އައިމެކް ފަރުމާ ކޮށްފައިވަނީ ވަރަށް ތުނިކޮށެވެ. އާއައިމެކްގެ ޑިސްޕްލޭއަކީ 24 އިންޗީގެ 4.5K ރެޓީނާ ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭގައި 11 މިލިއަން ޕިކްސެލް އަދި 500 ނިޓް ބްރައިޓްނަސް ހުންނާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައި އެވެ.

މި އައިމެކްއަކީ އެޕަލްގެ އެންމެ ފަހުގެ މެކްބުކްގައި ބޭނުންކޮށްފައިވާ ހަލުވި M1 ޕްރޮސެސަރު ބޭނުންކޮށްގެން އެ ކުންފުނިން އުފެއްދި ފުރަތަމަ ކޮމްޕިއުޓަރެވެ. އަދި ޕްރޮސެސަރަށް އެންމެ ބާރު ބޮޑު ވެގެންދާ ގަޑީގައި ވެސް އަޑެއް ބަޑެއް ނީވޭނެ ކަމުގެ ޔަގީންކަން އެޕަލް އިން ވަނީ ދީފައި އެވެ.

undefined

އާއައިމެކްގެ އަގުތަކަށް ބަލާލާއި އިރު 24 އިންޗި އައިމެކް ވިއްކުމަށް ހަމަޖެހިފައިވަނީ 1299 ޑޮލަރަށެވެ. އެ ލިބެން ހުންނަނީ ފިޔާތޮށި، ރިހި، ނޫ އަދި ފެހި ކުލައިންނެވެ. ދެވަނަ ވާޝަން ވިއްކުމަށް ހަމަޖެހިފައިވަނީ 1،499 ޑޮލަރަށެވެ. މި ވާޝަންގައި ޔޫއެސްބީ ޕޯޓްތައް ގިނަވެފައި އީދަނެޓް ޕޯޓެއް ހުރެ އެވެ. އަދި ޓަޗް އައިޑީ ފީޗާ ހުންނަ މެޖިކް ކީބޯޑެއް ލިބޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ