logoEN
Sto top
އެއާޓެގް - އެޕަލްގެ އެންމެ އަގުހެޔޮ ޕްރޮޑަކްޓު

އެއާޓެގް - އެޕަލްގެ އެންމެ އަގުހެޔޮ ޕްރޮޑަކްޓު

އަހުމަދު ޝުރާއު

logo

4/24/2021, 10:44:20 AM

apple-airtags-april-2021-3

އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕަލް ބްރޭންޑުގެ އެންމެ އާ އަދި އެންމެ އަގުހެޔޮ ޕްރޮޑަކްޓު ކަމުގައިވާ އެއާޓެގް ދައްކާލައިފި އެވެ.

Wamco

އެއާޓެގް ދައްކާލައިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެޕަލް ކުންފުނީގެ "ސްޕްރިންގް ލޯޑަޑް" އިވެންޓުގައިއެވެ.

އެޕަލްގެ އެއާޓެގަކީ ވޮލެޓާއި، ތަޅުދަނޑިއްޗާއި އަދި ދަބަހުގައި އަޅުވާލެވޭ، ބްލޫތޫޓް ޓްރެކާއެކެވެ. އެއާޓެގް އަޅުވާފައި ހުންނަ އެއްޗެހި އެޕަލްގެ ފައިންޑް މައި އައިފޯން އެޕް މެދުވެރިކޮށް ޓްރެކްކޮށްލެވެ އެވެ. އެޕަލް އިން ބުނެފައިވާ ގޮތުގައި އައިފޯން 11 އަދި އައިފޯން 12 ބޭނުންކޮށްގެން ހޯދާ އެތި އޮތީ ކިހާ ދުރު މިނެއްގައި ކަން ވެސް ބުނެދެ އެވެ.

undefined

މި އެއާޓެގްތައް ގަންނަ އިރު ކަސްޓަމަރު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒްކޮށްލެވެ އެވެ. އަދި ބޭނުންނަމަ ޓެކްސްޓެއް ނުވަތަ އިމޯޖީއެއް އެއާޓެގަށް ޕްރިންޓްކޮށްލެވެ އެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި މި ޕްރޮޑަކްޓަކީ ސެކުއިރިޓީއަށް ވަރަށް ބޮޑަށް ވިސްނައިގެން، ގަންނަ ކަސްޓަމަރުގެ ކޮންޓްރޯލް އޮންނާނެ ޑިވައިސްއެއް ކަމަށެވެ.

undefined

އެއާޓެގެއް ވަކިން ގަންނަން ލިބޭ އަގަކީ 29 ޑޮލަރެވެ. ނަމަވެސް ހަތަރު އެއާޓެގްގެ ސެޓެއް 99 ޑޮލަރަށް ލިބޭނެ ކަމަށްވެސް އެޕަލްއިން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside