logoEN
Sto top
ފަތުރުވެރިން ފިޔަވައި އިންޑިއާ އިން އަންނަ އެންމެން ކަރަންޓީނު ވާން އަންގައިފި

ފަތުރުވެރިން ފިޔަވައި އިންޑިއާ އިން އަންނަ އެންމެން ކަރަންޓީނު ވާން އަންގައިފި

އަހުމަދު ޝުރާއު

logo

4/24/2021, 9:45:11 AM

big_ugWGoh00BrbAELNWFPnZ16uH1

ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް އިންޑިއާ އިން ރާއްޖެ އަންނަ ހުރިހާ ފަރާތެއްވެސް ގޭގައި ކަރަންޓީނު ވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފި އެވެެ.

Wamco

ދިވެހި ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ، އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުމާއި ގުޅިގެންނެވެ.

އިންޑިއާގެ ހާލަތު ގޯސްވާތީ، މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން، ރާއްޖެ އައިސް 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ނަމަވެސް އެ މީހުން އިސްތިސްނާ ނުވާނެ ކަމަށްވެސް އިމިގްރޭޝަންގެ އިއުލާނުގައި ވެއެވެ.

އިންޑިއާގެ ހާލަތު ގޯސްވުމާއި އެކު އެހެން ބައެއް ގައުމުތަކުންވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން އިނގިރޭސި ވިލާތާއި ސިންގަޕޫރާއި ޔޫއޭއީ އަދި ހޮންގްކޮންގް ފަދަ ގައުމުތަކުން ވަނީ އިންޑިއާ އަށް ދަތުރުކުރުން މި ދުވަސްވަރު މަނާކޮށްފަ އެވެ. އަދި އިންޑިއާގައި ތިބެފައި އެ ގައުމުތަކަށް ދާ އެންމެން ކަރަންޓީނުވާން ޖެހެ އެވެ. ޔޫއޭއިން ނިންމާފައިވާ ގޮތުން މިދިޔަ 14 ދުވަހު އިންޑިއާގައި ޓްރާންސިޓްވި ބަޔަކަށް ވެސް ޔޫއޭއީ އަށް އެތެރެނުވެވޭނެ އެވެ.

މި ފިޔަވަޅު އަޅާފައިވީ ނަމަވެސް އިންޑިއާއިން ރާއްޖެއަށް ގިނަ ބަޔަަކު އަންނަނީ ޓުއަރިސްޓު ވިސާގައި ދަތުރުކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ އެންމެ ގިނައިން އައިސްފައިވަނީވެސް އިންޑިއާ ފަތުރުވެރިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside