logoEN
cocacola
އެއާ އަސްތާނާއާ އެކު ރާއްޖެ އިޝްތިހާރުކުރަނީ

އެއާ އަސްތާނާއާ އެކު ރާއްޖެ އިޝްތިހާރުކުރަނީ

އަހުމަދު ޝުރާއު

logo

4/24/2021, 9:08:17 AM

batch_EodxJ_UUwAEvD3k

ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާއާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.

ގޮސިޔާ

އެމްއެމްޕީއާރްސީން މައުލޫމާތު ދޭގޮތުގައި މިފަދަ ކެމްޕެއިނެއް ހިންގުމުގެ ބޭނުމަކީ ކަޒަކިސްތާނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން އިތުރު މަސައްކަތްތަކެއް ކުރުން ކަމަށެވެ. މި ކެމްޕެއިންގެ ތެރެއިން ތަފާތު އެކި ކަހަލަ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

މި ކެމްޕެއިންގެ ތެރެއިން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޓްރެވަލް އޭޖެންސީތަކަށް ހާއްސަކޮށް ވެބިނާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މިއާއި އެކު މި ކެމްޕެއިންގެ ތެރެއިން މިދިޔަ ބުދަ ދުވަހު ކަޒަކިސްތާނުގެ ޓްރެވަލް އޭޖެންޓުން ވަނީ ރާއްޖެއަށް އައިސްފައިވެ އެވެ.

ކޮވިޑަށް ފަހު ބޯޑަރު ހުޅުވާލި ފަހުން ކަޒަކިސްތާނު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގަ އެވެ. އެ ގައުމުން މިހާތަނަށް 14،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެއާ އަސްތާނާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތަށް ފެށީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ